ޠާޣޫތަށް ތަކްފީރު ނުކުރާ މީހުން ބެހޭ ޙާލަތްތައް
ގަލަންދާނު
ހަތަރު ވަނަ ބާބު: [من لم يكفر الكافر أو شك في كفره] — ކާފަރު މީހެއް، އެއީ ކާފަރެއްކަމުގައި ކަނޑަނާޅާ ނޫނީ އޭނާގެ ކުފުރާއިމެދު ޝައްކު ކުރާ މީހާ މި (ފިޤުހީ) ޤަވާޢިދު ގެ ދަށުން، ޠާޣޫތަށް ތަކްފީރު ނުކުރުމުގައި، ބުއްދި އެކުލެވޭ ބާވަތުގެ ޠާޣޫތު ބެހެވެނީ ދެބަޔަކަށެވެ.
ފުރަތަމަ ބާވަތް: އިސްލާމީ މިއްލަތަށް ނިސްބަތްނުވާ އަޞްލީ ކާފަރުން ގެ ތެރެއިންވާ ޠާޣޫތުން ނެވެ. ފަހެ މިބާވަތް ކާފަރު ނުކުރާ ނުވަތަ އެވެރިންގެ ކުފުރާ މެދު ޝައްކު ކުރާ، އަދި ދެކޮޅަށް ކިރި ނުވަތަ އެވެރިން ކާފަރުންކަމުގަ ކަނޑައެޅުމަށް (ތަކްފީރުކުރުމަށް) މަޑުޖެހިއްޖެ މީހަކީ ޚުދު ކާފަރު ވެއްޖެ މީހެކެވެ. މިއީ އިސްލާމް ދީނުން މީހާ ބޭރުވެދާ ކަންތަކުގެ ތެރެއިން ޤިބުލައިގެ އެންމެހާ އަހުލުން — ބިދުޢަވެރީންވެސް — (ޚިލާފެއްނެތި) އިޖުމާޢުވެފައިވާ 10 ކަންތަކުގެ ތެރެއިން 3 ވަނަ ކަންތަކެވެ.
އަލްޢައްލާމާ ޢަބްދު ﷲ ޢަބާ ބުޠައިން ވިދާޅުވިއެވެ: ”ޔަހޫދީންނާއި ނަޞާރާއިން ކާފަރު ނުކުރާ މީހާ ނުވަތަ އެވެރިން ގެ ކުފުރު އާއި މެދު ޝައްކު ކުރާ މީހާގެ ކުފުރު އާއި މެދު މުސްލިމުން ވަނީ އިޖުމާޢު ވެފައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ޖާހިލުންކަން އަހަރެމެން ޔަޤީންވެ އެވެ.“ [رسالة الانتصار]
އަދި މިބާވަތުގައި ހިމެނޭ ޠާޣޫތުންގެ ކުފުރު، (ތަކްފީރު ނުކުރާ މީހާ އަށް) ދަލީލު ދައްކަން ޖެހޭ ވަރަށް ވުރެންވެސް ސާފެވެ. އެހެނީ ދީނުގެ އަސާސީ މިންވަރުގެ ތެރެއިން ވާ ކަމެކެވެ. އަދި ކޮންމެ ޚާއްޞަ ޢަދި ޢާންމު ފަރުދަކަށް ވެސް އެނގިބަޔާން ވެގެންވާ ކަންތަކުގެ ތެރެއިން ކަމެކެވެ. އެހެނަސް އެބައެއްގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައި، އިލާހީ ވަޙީ އިން ފެނުން ގެއްލޭނޭ ގޮތުން ލޯތައް ކަނު ކުރައްވާފައިވާ ބަޔަކަށް މެނުވީއެވެ. އަދި އަހަރެމެން އެއިން ބައެއް ދަލީލުތައް ނަޤުލުކޮށްލަމެވެ. އަދި ތިބާއަށް އަހަރެން މިބަޔާން ކުރި ކަންތަކަށް، އެނޫން ތަކެތީގެ މައްޗަށް މި މިންވަރުން އެކަނިވެސް ފުދޭނެއެވެ: {إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآۚ} (ހަމަކަށަވަރުން، ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ.) އަދި އެއިލާހުގެ ވަޙީ: {أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ} (منافق ވިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ أهل ވެރިންކުރެ كافر ވެގެންތިބި އެއުރެންގެ أخ ންނަށް އެއުރެން ބުނެތެވެ..) އަދި އެއިލާހުގެ ވަޙީ: {لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٍۘ} (ހަމަކަށަވަރުން، اللَّه އީ، ތިން إله ންކުރެ إله އެކޭ ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ.) އަދި އެއިލާހުގެ ވަޙީ: {لَّقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۚ} (ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުންގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ.) އަދި މިނޫން އާޔަތްތަކެވެ. މިއިން އެފަދަ މީހުންނީ އެންމެ ގަމާރު އަދި ޖާހިލު މީސްތަކުންތެރެއިން ބަޔެއް ކަން ތިބާއަށް ފޮރުވި ނުދާ ހުއްޓެވެ... (އއގ). އަދި اللجنة الدائمة ގެ ފަތުވާގައި އައިސްފައި ވެއެވެ: ”... ޤަބުރުގެ އަޅުވެރީންގެ ކުފުރު އިޢުތިޤާދު ކުރާ މުވައްޙިދުންގެ ބައިގަނޑެއް، އެވެރިންގެ މުވައްޙިދު އަޚުންކުރެ (ޤަބުރުގެ އަޅުވެރީންނަށް) ތަކްފީރު ކުރުމުގައި މަޑުޖެހޭ މީހުންނަށް ތަކްފީރު ކުރުން ޖާއިޒުވެގެން ނުވެއެވެ. އެއީ އެއުރެންގެ މައްޗަށް ޙުއްޖަތް (ހާލަތާއި ޝަރުޢީ ދަލީލު) ޤާއިމު ވުމުގެ ކުރިންނެވެ. އެހެނީ އެ (ޤަބުރުގެ އަޅުވެރީންނަށް) ތަކްފީރު ކުރުމަށް މަޑު ޖެހުމުގައި، އެއަޚުންނަށް ޝުބުހެއް (އޮޅުންއެރުމެއް) ވެއެވެ. އެއީ އެ ޤަބުރުގެ އަޅުވެރީންނަށް ތަކްފީރު ކުރުމުގެ ކުރިން ކޮންމެހެންވެސް ޙުއްޖަތް ޤާއިމު ކުރަން ޖެހޭނޭކަމެވެ. މިއީ އެބަޔެއްގެ ކުފުރާމެދު އެއްވެސް އޮޅުމެއް ނުވާ މީހުންނާއި ޚިލާފަށެވެ. ޔަހޫދީންނާއި ނަޞާރާއިންނާއި ކޮމިއުނިސްޓުން ފަދަ އަދި މިޒާތުގެ މީސްތަކުންނާއި ޚިލާފަށެވެ. އެހެނީ މިވެރިންގެ ކުފުރާއިމެދު އެއްވެސްއޮޅުމެއް ނުވެއެވެ. އަދި އެވެރިން ތަކްފީރު ނުކުރާ މީހުންގެ ކުފުރާއިމެދުވެސް އެއްވެސް އޮޅުމެއް ނުވެއެވެ.“ [2/ 99]
ދެވަނަ ބާވަތް: އިސްލާމް ކަމަށް ނިސްބަތް ވެގެންވާ ޠާޣޫތުން ކާފަރުކުރުމުގައި ހުއްޓުން އަރާ ނޫނީ ކުފުރާއިމެދު ޝައްކު ކުރާ މީހުންގެ ޙުކުމް.
ދެން ފަހެ ދެވަނަ ބާވަތް، އެއީ އިސްލާމް ދީނަށް ނިސްބަތްވެގެން ތިބި ޠާޣޫތުންނެވެ. ފަހެ މީސްތަކުންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް މިބައިމީހުންގެ ކަންތައްވަނީ އޮޅުންބޮޅުން އަރައިފައެވެ. ވަކިން ޚާއްޞަކޮށް އިސްލާމް ކަމުގެ އެތަކެއް ޝިޢާރުތަކެއް އެވެރިން ފާޅުކުރާތީ އެވެ.
ނަމާދާއި ޙައްޖާއި މިސްކިތްތައް އިމާރާތް ކުރުމާއި މުޞްޙަފުތައް ޗާޕު ކުރުން ފަދައެވެ. އަދި ޞަދަޤާތް ދިނުންތައް ފާޅުކޮށް އެހީތައް އިޢުލާނު ކުރުމުގައެވެ. އެހެންކަމުން، އެއުރެންނަށް ތަކްފީރު ނުކުރާ މީހުން، ވަނީ ތިން ޙާލަތެއް ތެރެއިން ކޮންމެވެސް އެއް ޙާލަތެއްގައެވެ:
ފުރަތަމަ ޙާލަތް: އެއީ ޠާޣޫތު އާއި އޭގެ ޙުކުމަށް ނަޞްރުދޭ މީހުންނެވެ. އަދި ﷲ ގެ ޙުކުމަށް ފަރުވާލެއް ނުދޭ ބައެކެވެ. ﷲ ގެ ނޫރުފުޅު ނިއްވާލުމަށް، އަދި އެއިލާހުގެ ކަލިމަފުޅު ފަނާ ކޮށްލުމަށް، އަދި އެއިލާހުގެ އައުލިޔާ އިންނާއި އެއިލާހުގެ މަގު ތެދުވެތިބި މީހުންނާއި ހަނގުރާމަ ކުރުމުގައި އެވެރިންގެ ނަފްސުތައް ހޭދަކޮށް ގަދައަޅައި މަސައްކަތް ކުރެއެވެ. ފަހެ މިބައިމީހުންނީ ޠާޣޫތުންގެ އާރުކާޓީ އެވެ. އަދި އެއަށް އަޅުކަން ކުރުމަށް ގޮވާލާ އޭގެ ދުލުގެ މަޤާމުގައިވާ ތަރުޖަމާނުންނެވެ. އެއީ ސެކިއުލަރިސްޓުންނާއި ޑިމޮކުރެޓުން ފަދަ އަދި މިޒާތުގެ އެބައަކަށް އާޚިރަތުން ނަސީބެއް ނުވާ މީހުންނެވެ. ފަހެ މި ސިފައިގެ މީހުންގެ ކުފުރަކީ އެއަށް ޝައްކެތް ނުވާ އެއްޗެކެވެ.
ދެވަނަ ޙާލަތް: އެއުރެންގެ ކަންތަކުގެ ޙަޤީޤަތް ނުދަންނަ މީހުން. އެބަހީ، މި ޠާޣޫތުން ތަކުގެ ޙާލަތާއި މެދު ޖާހިލުވެ ތިބި މީހުންނެވެ. އަދި އެކަމުގައި އެޠާޣޫތުން ވެއްޓިފައިވާ ކުފުރާއި މެދުވެސް އެވެ. އެހެނަސް އެފަދަ މީހުންގެ މައްޗަށްވާ ﷲ عز وجل ގެ ޙުކުމް އަށް އެވެރިން ޖާހިލެއް ނޫނެވެ. ފަހެ މިފަދަ މީހާގެ އަޤީދާ ވަނީ ސަލާމަތުންނެވެ. ޢަދި އޭނާގެ މައްޗަށް އެއްވެސް ނިޔާއެއް ނުވެއެވެ. الجهل البسيط އޭ ކިޔޭނީ މިއަށެވެ. (އެއީ ކަމެއްގެ ހިނގާފައިވާ ކަމާއި އެކަން ވެފައިވާ ގޮތުގެ މައްޗަށް ޖާހިލުވުމެވެ. އެފަދަ ކަމެއްގެ މައްޗަށް އޮންނަ ޙުކުމް އަކަށް ނޫނެވެ.)
މީގެ މިޘާލަކީ: ޣައިބު އެނގޭކަމަށް ދަޢުވާ ކުރާ މީހަކީ ކާފަރެއް ކަމަށް މިވެނި މީހެއް އިޢުތިޤާދު ކުރެއެވެ. (ކަށަވަރުކަމާއިއެކު ޤަބޫލު ކުރެއެވެ.). އެހެނަސް މިވެނި މީހެއް ޣައިބަށް ދައުވާ ކުރާ ކަމެއް ލޮލުންދެކެ އަތުން ހިފާފައި ނުވެއެވެ. އަދި އެކަމުގެ ޙަޤީޤަތެއް އޭނާއަށް ނޭގެއެވެ. ވީމާ މިކަމުގެ ސަބަބުން (ތަކްފީރުން ހުއްޓިހުރުމުގައި) އޭނާއަށް އެއްވެސް ގެއްލުމެއް ނެތެވެ. އަދި އޭނާގެ އީމާންކަމާއި މެދު އެއްވެސް ތުހުމަތެއް ނުވެއެވެ.
ތިންވަނަ ޙާލަތް: އެއީ ޠާޣޫތުންގެ ޙަޤީޤަތް އަދި އެވެރިން އަރައިގަނެފައިވާ އިސްލާމް ދީނުން ބޭރުވާ ކަންތައްތަކާއި ކުފުރުތައް އެނގިފައިވާ މީހުންނެވެ. އެހެނަސް އެއުރެންނަށް ތަކްފީރު ކުރުމުން އެބައިމީހުން މަނައުވެގަނެއެވެ.
މީގެ ތެރެއަށް 2 ޒާތެއްގެ މީހުން ވަދެއެވެ:
ފުރަތަމަ ޒާތަކީ: އެއީ އެވެރިންގެ ކުފުރު އަދި މަގުފުރެދުމާ މެދު އިޢުތިޤާދު ކުރާ މީހުންނެވެ. (ކަށަވަރުކޮށް ޤަބޫލު ކުރާމީހުންނެވެ.). އަދި އެއުރެން ދެކެ ރުޅިވެސް އާދެއެވެ. އެހެނަސް އެވެރިންގެ ކުފުރުކަން ޞަރީޙަ ނުކުރެއެވެ. (ދުލުން ބަޔާންކޮށް ސާފުބަހުން ނުބުނެއެވެ.) އަދި މިބައި (އިތުރު) 3 ބަޔަކަށް ބެހެއެވެ:
ފުރަތަމަ ބައީ: ބަލިކަށިވެފައިވާ މީހުންނެވެ. އެއުރެންނީ އެބަޔަކަށް އަމާންކަން ނެތް މީހުންނެވެ. ފަހެ މިބައިމީހުންނަށް ﷲ ވަނީ އެކަމުގެ ސަބަބުން ނެތިގޮސް އޭގެ މަގުހުރަސް ނެއްޓުމާއި ހަމައަށް ޢުޛުރު ދެއްވާފައެވެ. އަދި އައުލާވެގެންވާނީ މުކްރިހުން ބާބުގެ ދަށުން ވުމެވެ. އެއީ އެއިލާހު تعالى މިވާޙީ އިންނެވެ: {وَلَوۡلَا رِجَالٌ مُّؤۡمِنُونَ وَنِسَآءٌ مُّؤۡمِنَٰتٌ لَّمۡ تَعۡلَمُوهُمۡ أَن تَطَئُوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةٌۢ بِغَيۡرِ عِلۡمٍۖ - إلى قوله -لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا } [އަދި ތިޔަބައިމީހުންނަށް ނޭނގި އެއުރެން قتل ކުރެވިދާފަދަ، (ގޮތެއްގައިތިބި) مؤمن ފިރިހެނުންނާއި، مؤمن އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި مكة فتح ކުރެއްވުމުގެ إذن ދެއްވީހެވެ.) ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންގެ ފައިދަށު އެވެރިންލެވި، ދެން ނޭގިތިބެ ތިޔަބައިމީހުންނަށް ކުރެވުނު ކަންތަކަށް ހިތާމަކޮށްފީހެވެ.] — އެއާޔަތުގެ މިހެން ވަޙީ ކުރެއްވުމާ ހަމައަށް — [އެ (ކޮންބައެއްކަން ތިޔަބައިމީހުންނަށް ނޭގޭ) މުއުމިނުން ވަކިވެގެންވީ ނަމަ، ވޭންދެނިވި عذاب އަކުން كافر ވި މީހުންނަށް ތިމަންރަސްކަލާނގެ عذاب ދެއްވީމުހެވެ.] އަދި އެއިލާހުގެ ވަޙީ: {إِلَّا ٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ لَا يَسۡتَطِيعُونَ حِيلَةً وَلَا يَهۡتَدُونَ سَبِيلًا} [(هجرة ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرة ޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ.] އަދި އެނޫން އާޔަތެއްގައި: {وَمَا لَكُمۡ لَا تُقَٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخۡرِجۡنَا مِنۡ هَٰذِهِ ٱلۡقَرۡيَةِ ٱلظَّالِمِ أَهۡلُهَا وَٱجۡعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجۡعَل لَّنَا مِن لَّدُنكَ نَصِيرًا} [އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!] އަދި އިބްނު ޢައްބާސް ވިދާޅުވިއެވެ: ”ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމަ ވީ ބިންމަތީ ނިކަމެތިވެގެންވީ މީސްތަކުންގެ ތެރެއިން ނެވެ.“ މި އަޘަރު ރިވާކުރެއްވީ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު ގައެވެ. އަދި ﷲ تعالى ގެ ވަޙީ: {لَّا يَتَّخِذِ ٱلۡمُؤۡمِنُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۖ وَمَن يَفۡعَلۡ ذَٰلِكَ فَلَيۡسَ مِنَ ٱللَّهِ فِى شَىۡءٍ إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَىٰةًۗ} [مؤمن ން، مؤمن ން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެެވެ. އެހެނަސް އެއުރެންގެ ކިބައިން އަންނަ އަނިޔާވެރިކަމަކުން ތިޔަބައިމީހުން ރައްކައުތެރިވުމަށް އެކަންކޮށްފުން ފިޔަވައެވެ.] — މިއާޔަތާއިމެދު އިބްނު ކަޘީރު رحمه الله تعالى ވިދާޅުވިއެވެ: ”އެބަހީ، ބައެއް އަވަށްތަކުގައި އަދި ބައެއް ވަޤުތުތަކުގައި އެވެރިންގެ ނުބައިނުލަފާ ކަމަށް ބިރު ގަނެއްޖެ މީހާ ފިޔަވައޭ އެވެ. ވީމާ އޭނާ އަށް އޭނާގެ ބޭރުފުށުން އޮޅުވާލުން ވެއެވެ. އެހެނަސް އެތެރެފުށާއި ނިޔަތަކުން ނޫނެވެ. އެއީ އަލްބުޚާރީ ވިދާޅުވިފަދައިންނެވެ. އެއީ އަބުއް ދަރްދާއު އަރިހުން، ވިދާޅުވިއޭ: ((އަހަރެމެންގެ މޫނު ތަކުން ބައެއް މީސްތަކުންނަށް ހިނިތުންވާ އިރު، އަހަރެމެންގެ ހިތްތައް އެއުރެންނަށް ލައުނަތް ދެއެވެ.)) [އިބްނު ކަޘީރުގެ ބަސްފުޅު ނިމުނީ] އަދި އަލްޢައްލާމާ ސުލައިމާން ބުނު ޢަބްދު ﷲ ވިދާޅުވިއެވެ: {إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَىٰةًۗ} [އެހެނަސް އެއުރެންގެ ކިބައިން އަންނަ އަނިޔާވެރިކަމަކުން ތިޔަބައިމީހުން ރައްކައުތެރިވުމަށް އެކަންކޮށްފުން ފިޔަވައެވެ.] އެހެންކަމުން އެއުރެން ފުށަށް ބިރުއޮތްނަމަ މުވާލާތް ކުރުމުގެ މައްޗަށް ރުޚްސަތު ދެއްވިއެވެ. (ލުޔެއް ގޮތުގައި ހުއްދަދެއްވިއެވެ.) އެހެންކަމުން އެވެރިންނާއި އިޖުތިނާޢުވުން އެގޮތުގައި މެނުވީ ނުވެއެވެ. އަދި އެއުރެންވީ ބަލިކުރެވި ޢަދާވާތްތެރިކަން ފާޅުކުރުމުގެ ކުޅަދާނަކަން ނެތިފައެވެ. ވީމާ އެހާލަތުގައި ބޭރުފުށުން އެވެރިންނާއި އިޖުތިމާޢުވުން ހުއްދައެވެ.
އެއީ ހިތް އެވެރިންނާއި ޢަދާވާތްތެރިވެ ރުޅިވެރިކަމުގައި ދެމިއޮވެ، އެ މަގު ހުރަސް ނެތޭނޭ އިރަކަށް ބަލަބަލައި ތިބޭ ޙާލުގައެވެ. އެއިލާހު تعالى ވަޙީ ކުރެއްވި ފަދައިންނެވެ: {مَن كَفَرَ بِٱللَّهِ مِنۢ بَعۡدِ إِيمَٰنِهِۦٓ إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنٌّۢ بِٱلۡإِيمَٰنِ} [އެމީހާގެ އީމާން ކަންމަތީ ޘާބިތުވެގެންވާ ޙާލު މަޖުބޫރު ކުރެއްވިޖެ މީހެއް ފިޔަވައި، إيمان ކަމަށްފަހު ﷲ އަށް ކާފަރު ވެއްޖެ ކޮންމެ މީހެއް، (ދަންނައެ)...]. އަދި އިބްނު ޢައްބާސް ވިދާޅުވިއެވެ: ”ވީމާ އެވެރިން ބޭރުފުށަށް އެއުރެންނަށް ހިތްހެޔޮ ދައްކައެވެ. އަދި ދީނުގައި އެއުރެންނާއި އިދިކޮޅުވެއެވެ.“ [أوثق عرى الإيمان: 2] އަދި އަލްބުޚާރީ އަލްއިކުރާހު (ކުފުރާއި ޙަރާމަށް ޝަރުޢީ ގޮތުން މަޖުބޫރުވެވުން) އާއި ބެހޭ ފޮތުގައި ވިދާޅުވިއެވެ: ”އެހެންކަމުން ﷲ އެއަކަށް އަމުރު ކުރެއްވި ކަންތައް ދޫކޮށްލުމަށް ދެކޮޅު ނުހަދައިވީ ބަލިކަށި ފަރާތްތަކަށް، ﷲ ޢުޛުރުދެއްވިއެވެ. ޢަދި މުކްރިހު ވެފައިވާ މީހަކީ ބަލިކަށިމީހެއް ގޮތުގައި ނޫނީ ނުވާ މީހެކެވެ. ﷲ އޭނާ އަށް އަމުރު ކުރެއްވި ކަންތަކަށް ދެކޮޅުހަދާ ގޮތުގައިވާ މީހެއް ނޫނެވެ.“
ދެވަނަ ބަޔަކީ: މިބައިމީހުން އެވެރިންގެ (ޠާޣޫތުންގެ) ކުފުރު (އިޢުތިޤާދުގައި) ކަށަވަރު ކުރެއެވެ. އަދި އެކަމަށް އިޤުރާރުވެއެވެ. އެހެނަސް އެކަން ސާފުކޮށް އެބައިމީހުންނަށް ބަޔާން ނުކުރެއެވެ. އަދި ތަކްފީރުކޮށްގެން އެވެރިންނާ ދެކޮޅަށް ގަދަވެސް ނުހަދައެވެ. އެވެރިންނަށް އެވެރިންގެ ޤަބީލާ ތަކާއި އެނޫން އެފަދަ ފަރާތްތަކުން ކުރިމަތިވާ މަނައުވުން ތަކެއް ވެއެވެ. އެއީ ނުފޫޒާއި މަނާތަކުގެ މައްޗަށް ވާ ސަބަބުތަކެވެ. ވީމާ އެއުރެންނީ (އެކަންކަން ފާޅުނުކޮށް) އެކަމުގައި (مداهنون) ދޫދޭ މީހުންނެވެ. (އެބަހީ: ދުނިޔޭވީ ފަސޭއަކަށް އެއަމުރުން ރެކިގެން ތިބޭ މީހުންނެވެ.)
އަދި ﷲ تعالى ގެ މިވަޙީއާއި އެއްގޮތެވެ: {وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ} [ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.] އެވެރިންނަށް ވާ ޙުކުމަކީ އެފަދަ އެހެން ފާފަވެރިންގެ ޙުކުމެވެ. އަދި އެފާފައިގެ ބޮޑު-ކުޑަމިން ވަނީ އެއަށް ޖަދަލުކޮށް ގޮވާލާ މިންގަޑަކުންނެވެ. އަލްޢައްލާމާ ސުލައިމާން ބުނު ޢަބްދު ﷲ އާލުއްޝެއިޚް ވިދާޅުވިއެވެ: ”އެވެރިންގެ ކުފުރަށް އޭނާ އިޤުރާރުވެ އެހެނަސް އެވެރިންގެ މޫނުމައްޗަށް އެތަކްފީރު ކަނޑަނާޅާނަމަ، އޭނާ އަކީ އެވެރިންނަށް مداهن ވާ މީހެކެވެ. އަދި ވަންނަނީ ﷲ تعالى ގެ މިވަޙީގެ ދަށަށެވެ: {وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ} [ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.] އޭނާއަށްވަނީ އެފަދަ ފާފައިގެ އަހުލުންގެ ޙުކުމެވެ.“
ތިންވަނަ ބަޔަކީ: "އެވެރިންނަކީ ކާފަރުންނޭ ތިމަން ނުބުނަމޭ އެނޫން މީހުންނީ (އެފަދަ ޠާޣޫތުންނީ) ކާފަރުންނޭ" ބުނާ މީހުންނެވެ. އަދި އެޠާޣޫތުންނަށް ތަކްފީރު ކުރުން މުޠުލަޤުކޮށް (އިސްތިޘްނާއެއް ނެތި) މަނަޢު ކުރެއެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި މިބައިމީހުންގެ މި ޙުކުމުން އެނގެނީ އެޠާޣޫތުންގެ އިސްލާމް ކަމެވެ. ކުފުރާއި އިސްލާމް ކަމާ ދެމެދު މެދުމިނެއް ނުއޮންނަކަމުން، އަދި ކުފުރު އަށް އިސްލާމް ކަން ކަމުގައި ބުނެފިމީހާ، ނުވަތަ ކާފަރުންނަކީ މުސްލިމުން ކަމުގައި ބުނެފިމީހާ، ފަހެ އެއީ ކާފަރެކެވެ. މިހެންކަމުން މިފަދަ މީހާ އަށް ތައުވީލު (ދަލީލެއް ނުބައިކޮށް މާނަކުރެވުން) ނޫނީ ޝުބުހު (އޮޅުންއެރުން) ޢުޛުރަކަށް މިކަމުގައި ނުދެވެއެވެ. އަދި އެކަމުގެ ދަލީލު އޭނާ އަތުގައިވޭމެ އަދި އެކަން އޭނާއަށް މަޢުރިފާވުމަށް ފަހުގައި، އޭނާ އެވަނީ ﷲ تعالى ގެ ޙުކުމުން ޙުކުމަކަށް ދެކޮޅުހަދާފައެވެ. އަލްއިމާމް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު رحمه الله تعالى ވިދާޅުވިއެވެ: ”އަދި ޠާޣޫތަށްކުފުރު ވުމުގެ މާނައީ، ﷲ ފިޔަވައި އެއަކަށް އިޢުތިޤާދު ކުރެވޭ އެންމެހާ އެއްޗަކުން އެއްކިބާވުމެވެ. ޖިންނީން ނޫނީ އިންސީން ނޫނީ... އެނޫންވިޔަސް (އަޅުކަންވެވޭ) ތަކެތީންނެވެ. އަދި އޭގެ މައްޗަށް ކުފުރާއި މަގުފުރެދުން ހެކިކުޅައުމެވެ. އަދި އެއަށް ތިބާ ރުޅިވެރިވުމެވެ. އެއީ ތިބާގެ ބައްޕަ ކަމުގައިވިޔަސް އެވެ. ނުވަތަ އަޚާ ކަމުގައި ވިޔަސް އެވެ. ދެންފަހެ، ތިމަންނާ "ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރަމޭ، އަދި އެހެނަސް އަހަރެން ދެކޮޅުވެރިކަން ނުދައްކަމޭ (ޝިރުކުގެ) ވަލީވެރީންނާ ޤަބުރުތަކުގެ މަތީވާ ޤުއްބުތަކަށް، އަދި މިފަދަ ތަކެއްޗަށް" — ފަހެ މިފަދަ މީހަކީ، لا إله إلا الله މި ކަލިމަ އަށް ދޮގުވެރި ވެއްޖެ މީހެކެވެ. އަދި ﷲ އަށް އީމާނެއްވެސް ނުވެއެވެ. ޠާޣޫތަށް ކާފަރެއްވެސް ނުވެއެވެ.“ [الدررالسنية في الأجوبة النجدية: 2/ 121] އަދިވެސް އެކަލޭގެފާނު رحمه الله تعالى ވިދާޅުވިއެވެ: ”އޭފަހެ އެމީހަކަށް ﷲ އިސްލާމް ކަން މުއްތިކުރެއްވި، އަދި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާކަން ދެނެގަނެވިފައިވާ މީހާއެވެ! ފަހެ ތިބާ މިހެން ބުނެ ހީނުކުރާށެވެ: މިއީ ޙައްޤެވެ. އަދި އެއިލާހު ނޫން ފަރާތްތައް އަހަރެން ދޫކޮށްލާއިފީމެވެ. އެހެނަސް އަހަރެން މުޝްރިކުންނަށް ދެކޮޅު ނުހަދަމެވެ. އަދި އެއުރެންނާ މެދު އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.“ މިއިން ތިބާ އިސްލާމްދީނަށް ވަނުން ޙާޞިލު ކުރެވިއްޖެ ކަމަށް ހީނުކުރާށެވެ. އަދި ކިއެއްތަ؟ އެވެރިންނަށް ރުޅިވެރިވުން ލާޒިމެވެ. އަދި އެވެރިންނަށް ލޯބިކުރާ ބަޔަކަށްވެސް ރުޅިވެރިވުމެވެ. އަދި އެވެރިންނަށް (އެބަހީ: ޢަޤީދާގެ ދޯހަޅިކަމަށް) ޢައިބުކިޔުންވެސް ލާޒިމެވެ. އެވެރިންނަށް ޢަދާވާތްތެރިވުން ވެސް އެވެ. އެއީ ތިބާގެ ބައްޕަ އިބްރާހީމް އާއި އެކަލޭގެފާނާ އެކު ތިބި މީސްތަކުން ބުނި ފަދައިންނެވެ: {إِنَّا بُرَءَٰٓؤُاْ مِنكُمۡ وَمِمَّا تَعۡبُدُونَ مِن دُونِ ٱللَّهِ كَفَرۡنَا بِكُمۡ وَبَدَا بَيۡنَنَا وَبَيۡنَكُمُ ٱلۡعَدَٰوَةُ وَٱلۡبَغۡضَآءُ أَبَدًا حَتَّىٰ تُؤۡمِنُواْ بِٱللَّهِ وَحۡدَهُۥٓ} [ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ.
ތިޔަބައިމީހުންގެ دين އަށް ތިމަންމެން ކާފަރުވަމެވެ. (إنكار ކުރަމުއެވެ.) ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ.] އަދި އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: {فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ} —މިއާޔަތް [ފަހެ، ޠާޣޫތަށް ކާފަރުވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ އުޅާކީ ގައި ހިފަހައްޓައިފިކަން ކަށަވަރެވެ.] އަދި އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: {وَلَقَدۡ بَعَثۡنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَۖ} [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. ގޮވާލައްވަމުންނެވެ: اللَّه އަށް އަޅުކަންކުރާށެވެ. ٱلطَّٰغُوت (އެބަހީ: ބާޠިލު ކަލާނގެ ތަކާ) ދުރުހެލިވާށެވެ.] އަދި އާދަމުގެ ދަރިޔަކު މިހެން ބުނެފިނަމަ: އަހަރެން ނަބިއްޔު ﷺ އަށް ތަބަަޢުވަމޭ އެވެ. އަދި އެކަލޭގެފާނު ވަނީ ޙައްޤުގައޭ އެވެ. އެހެނަސް: ލާތާ ޢުއްޒާ އަށް އަހަރެން ދެކޮޅުވެރިކަން ނުދައްކަމެވެ. އަދި އަބޫ ޖަހުލަށް އެފަދަ (ބާޠިލު ކުފުރާ މުޝްރިކު) ފަރާތްތަކަށް، އަހަރެން ދެކޮޅުވެރިކަން ނުދައްކަމެވެ. އަދި އެވެރިން އެތިބަގޮތްތަކަށް ވެސް އެވެ." — މީނާގެ އިސްލާމް ޞައްޙަ ވެގެން ނުވެއެވެ.“
[الدرر السنية: 2/ 109] .
އަލްޢައްލާމާ ސުލައިމާން ބުނު ޢަބްދު ﷲ އާލުއްޝެއިޚް ވިދާޅުވިއެވެ: އޭނާ ބުނަނީ: "އެވެރިން އެނޫން (އެފަދަ) ފަރާތްތައް ކާފަރުންނޭ އަހަރެން ބުނަމެވެ. އެހެނަސް އެވެރިންނީ ކާފަރުންނޭ އަހަރެންނެއް ނުބުނަމެވެ." ފަހެ މިއީ އެވެރިންނަކީ އިސްލާމުން ގޮތުގައި ކަނޑައަޅައި ޙުކުމް ކުރުމެވެ. ކުފުރާއި އިސްލާމް ކަމާ ދެމެދު މެދުމިނެއް ނުއޮންނަކަމުން، އެވެރިންނީ ކާފަރުން ކަމުގައި ނުވަނީ ނަމަ އެއީ މުސްލިމުންނެވެ. މިގޮތުން ކުފުރު އަށް އިސްލާމް ކަން ކަމުގައި ބުނެފިމީހާ، ނުވަތަ ކާފަރުންނަށް މުސްލިމުން ކަމުގައި ބުނެފިމީހާ، ފަހެ އެއީ ކާފަރެކެވެ. މިހެންކަމުން މީނާ އަކީ ވެސް ކާފަރެއްކަމުގައި ވެއެވެ.“ [أوثق عري الإيمان ضمن مجموعة التوحيد: 1/ 160]
ޝެއިޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ދެ ދަރިކަލުން، އައްޝެއިޚް ޙުސައިން އަދި އައްޝެއިޚް ޢަބްދު ﷲ — رحمهم الله— އާއި ސުވާލުވެވުނެވެ: މިދީނަށް ވަދެ އެއަށް އޭނާ ލޯބިކޮށް، އެހެނަސް މުޝްރިކުންނާ ޢަދާވާތްތެރިނުވާ ނޫނީ ޢަދާވާތްތެރިވެ އެހެނަސް އެވެރިން ކާފަރު ނުކުރާ މީހަކާއި މެދު ތިބާމެން ބުނަނީ ކީކޭ ހެއްޔެވެ؟ ނޫނީ އޭނާ ބުނަނީ: އަހަރެންނަކީ މުސްލިމެކެވެ. އެހެނަސް لا إله إلا الله ކިޔާ ބަޔަކު އޭގެ މާނަ ނޭގުނަސް އަހަރެންނަށް ކާފަރު ކުރާން (ކުޅަދާނައެއް ނޫނެވެ.). އަދި (ހަމަ އެފަދައިން) މީހަކު މިދީނަށް ވަދެ އަދި އެއަށް ލޯބިކޮށް، އެހެނަސް ބުނެއެވެ: (ޝިރުކު ކުރެވޭ ޤަބުރު ތައް ކަމަށްވާ) ޤުއްބު ތަކަށް އަހަރެން އިޢުތިރާޟެއް ނުވަމުއެވެ. (އިންކާރުކޮށް ދެކޮޅެއް ނުހަދަމެވެ.) ޢަދި އެއީ (އާދަމުގެ ދަރީންނަށް) އެއްވެސް މަންފާޢެއް ކޮށްދެވޭނޭ އަދި ގެއްލުމެއްވެސް ފޯރުކުރެވޭނޭ ތަކެއްޗެއް ނޫންކަން އަހަރެން ދެނެހުރީމެވެ. އެހެނަސް އަހަރެން އެއަށް އިޢުތިރާޟެއް ނުވަމުއެވެ.“
ޖަވާބު: ތައުޙީދު ދަނެ އެއިން ދީންވެރިވެ އެއިން ވާޖިބުކުރާ ކަންކަމަށް ޢަމަލުކޮށް، ރަސޫލު ﷺ އެކަމަކަށް ޚަބަރު ކުރައްވާ ކަންކަން ތެދުކޮށް، އެކަލޭގެފާނު ނަހީކުރައްވާ ކަންކަމަށް ކިޔަމަންގަނެ އަދި އެއަކާއިގެން އެކަލޭގެފާނު ވަޑައިގެންނެވި ކަންކަމަށް އީމާން ނުވާހާ ހިނދަކު، އިންސާނާ މުސްލިމަކު ކަމުގައި ނުވެއެވެ. ވީމާ، މުޝްރިކުންނަށް ތިމަން ޢަދާވާތްތެރިނުވަމޭ ނޫނީ އަދާވާތްތެރިވަމޭ އެހެނަސް އެވެރިން ކާފަރެއް ނުކުރަމޭ ބުނެފި މީހާ، ނުވަތަ އެބަޔަކު ކުފުރާއި ޝިރުކު ކުރިޔަސް އަދި ﷲ ދީނަށް ޢަދާވާތްތެރިވިޔަސް، لا إله إلا الله (ކިޔާ) އަހުލުންނަށް ތިމަން އިޢުތިރާޟެއް ނުވަމޭ، ނުވަތަ ބުނާނަމަ: (ޝިރުކުގެ) ޤުއްބުތަކަށް ތިމަން އިޢުތިރާޟެއް ނުވަމޭ — ފަހެ މި މީހަކީ މުސްލިމް ވެވިފައިވާ މީހެއް ކަމުގައި ނުވެއެވެ. އަދިކިއެއްތަ؟ އޭނާ ވަނީ އެބަޔަކާމެދު ﷲ މިހެން ވަޙީ ކުރެއްވި މިހުން ތެރެއިންނެވެ: {وَيَقُولُونَ نُؤۡمِنُ بِبَعۡضٍ وَنَكۡفُرُ بِبَعۡضٍ وَيُرِيدُونَ أَن يَتَّخِذُواْ بَيۡنَ ذَٰلِكَ سَبِيلًا * أُوْلَٰٓئِكَ هُمُ ٱلۡكَٰفِرُونَ حَقًّاۚ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابًا مُّهِينًا} [ތިމަންމެން އެއްބަޔަކަށް إيمان ވަމުއޭ އަދި އަނެއްބަޔަކަށް كافر ވަމުއޭ ބުނެ، އެދެމެދުން މަގެއް ހިފުމަށް އެދޭމީހުން، (ދަންނާށެވެ!) އެއުރެންނަކީ، ކަނޑައެޅިގެން އެނގޭގޮތުގައި ތިބި كافر ންނެވެ. كافر ންނަށް އިހާނެތި عذاب، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.] އަދި ﷲ سبحانه وتعالى މުޝްރިކުންނަށް ޢަދާވާތްތެރިވުން ވާޖިބު ކުރެއްވިއެވެ.އެވެރިން ފޮޅާލައި އެވެރިންނަށް ތަކްފީރުކުރުން ވެސް އެވެ...(އނ)“ [مجموعة التوحيد: 1/ 353 ــ والدرر السنية: 10/ 139]
ދެވަނަ ޒާތަކީ: އެއީ ޠާޣޫތުންގެ ޙަޤީޤަތާއި، އެވެރިން އަރައިގަނެފައިވާ (ދީނުން ބޭރުވެދާ) ނަވާޤިޟުތަކާއި ކުފުރުތައް އެނގި، އެވެރިންގެ ބާޠިލުތަކަށް އިންކާރުކޮށް، ހިތުއަޑިން އެވެރިންނަށް ނަފުރަތުކުރާ މީހުންނެވެ. އަދި ބުނެއެވެ: ބައިގަނޑެއް ގޮތުގައި (އެޞިފަތައްވާ ފަރާތްތަކަށް) ކާފަރު ކުރާކަމެވެ. އެހެނާސް މުޢައްޔަން ކޮށް ތަކފީރު ކުރުމެއް ނުވެޔޭ އެހެނަސް ޙުއްޖަތާއި ޤާއިމުކޮށް، ޝަރިޠުތަށް ޘާބިތުކޮށް، މުޢައްޔިނު ކޮށް ޙައްޤުވާ މަވާނިޢުތައް (ތަކްފީރުން މަނައުވުންތައް) ފިލުވާލުމަށްފަހުގައޭ އެވެ. ނުވަތަ އެވެރިން ތަކްފީރު ކުރުމުން މަނައުވެގަންނަނީ، ޢިލްމާއި އުނގަންނައި ދިނުމަށް ނިސްބަތްވާ ބަޔެއް މީހުންގެ އޮޅުވުންތަކާ ހެދިއެވެ. ނުވަތަ ޢިލްމުވެރިން ކުރެ ކޮންމެވެސް އެއް ޝެއިޚަކަށް (މިކަމުގައި) ތަޤުލީދުކޮށް ގެނެވެ. (ކަނުކޮށް ތަބައުވެގެންމެވެ.). ނުވަތަ އެކަމުގައި ހެޔޮކޮށް ހިއެއްކޮށްގެން ނުވަތަ އެވެރިންގެ މައްޗަށްވާ ޝުބުހެއް ގެ ސަބަބުން ނުވަތަ ތައުވީލެއް ނުވަތަ އޭގެ އަޞްލު ދަނޑިވަޅު ނޫން ތަނެއްގައި ބަޔާން ކޮށްދެވޭ ބައެއް ޢިލމުވެރިންގެ ބަސްތަކާއި، އެބޭފުޅުންގެ ބައެއް ބަސްތައް އޭގެ އަސްލު މުރާދަ ނޫން ގޮތުގައި ނެގުމާއި އެކަމުގެ ސާބަބުން ތަކްފީރު ކުރުމުގައި އެވެރިން ހުއްޓުމަށް ވާޖިބުކުރުމެވެ. ފަހެ މިބައިމީހުން (ޠާޣޫތުންނަށް ތަކްފީރު ނުކުރާ ކަމަށްޓަކައި) އިސްވެ ތަކްފީރު ކުރުމެއް (ހަމަ ހިލާ) ނުވެއެވެ. އަދި އެވެރިންގެ މައްޗަށް ހުއްޖަތް ޤާއިމުކޮށް އެވެރިންގެ ހުރިހާ ޝުބުހެއް ނެތި ދިޔުމުން މެނުވީ، އެވެރިން ތެރެއިން އެކަކަށްވެސް ތަކްފީރު ކުރުން ޖާއިޒުވެގެންނެއް ނުވެއެވެ. އަދި އެވެރިންނަށް ބަޔާން ކޮށްދޭންޖެހޭ ކަންކަމުގެ ތެރޭގައި، ޙުކުމުގެ ޠާޣޫތޫންނާއި ކިޔަމަންތެރިކަމާއި ތަބަޢުވުނުގެ ޠާާޣޫތުން (އޭގެ ފަރަޤު) ވެއެވެ. މިއީ މިޒަމާނުގައި މީސްތަކުން ކަނު ކުރުމަށް ގެނެވޭ ކަންކަމުގެ ތެރޭންނެވެ. އެއީ މިހެންގޮސް ޙާކިމިއްޔާ (ޙުކުމް ހެދުމުގައި ﷲ ނޫން ފަރާތެއް ބައިވެރި ކުރުމުގެ ކަންތައް) މިއީ އޭގެ ޙުކުމް ޢާންމުންތެރޭ އޮޅިފައިވާ ނުސާފު މައްސާލައެއް ކަމުގައި މިޒަމާނުގައި ވެއްޖެއުމާއި ހަމައަށެވެ. والله المستعان. އެއީ އޭގެ ޝުބުހުތަކާ ތައުވީލުތަކުގެ އިތުރުކަމާއި، އެއަށްޓަކައި (ސާފުކޮށްދިނުމަށް) ގަދައަޅާ މީހުން މަދުކަމާއި، އެވެރިންގެ ބަލިކަށިކަމާއި، އެވެރިންނާ އިދިކޮޅު ހަދާ މީހުންގެ ގިނަ ކަމާ އެވެރިންގެ ބާރުގަދަކަމުގެ ސާބަބުނެވެ. އަދި މަފުފުރެދުން ތަކުގެ ސަބަބުންނެވެ. އެއީ ޙައްޤު ހޯދުމުގައި މަސައްކަތް ކުޑަވުމުގެ ސަބަބުންނެވެ. ނުވަތަ ފަހުމުގައި ބަލިކަށިވުމުގެ ސާބަބުނެވެ. ނޫނީ އެދެކަންތައް އެކުއެކީގައެވެ.